ހަ ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ކަމަށާއި، އަދި އެ މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ބަންގްލާދޭޝްގެ 4 މީހުން ކަމަށްވާ މިރްޒާ އަލް އަމީން އާއި އެމްޑީ މިޒަންނޫރު ރަހްމާނާއި އެމްޑީ ޖިހާދު ބިން އަރީފް އަދި އެމްޑީ އަރްމާން އަލީ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
24 އޮކްޓޯބަރު 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް https://t.co/hsyL8BC5B5
— Maldives Customs Service (@CustomsMv) October 25, 2026
އަދި މި 4 މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް 3 މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި އެވެ.




