Ad

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައި އޮތީ މިފްކޯގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް!

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައި އޮތީ މިފްކޯގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ތ. ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮތް ބޯޓެއްގެ ވެރިފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. މި ބޯޓަކީ ވޭމަންޑޫ ފަޅުގައި އަޅާފައި އޮއްވާ ވާ ކަނޑައިގެން ގޮސް ލައްގާފައިވާ ފައިބަރު ބޯޓެކެވެ. މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ބޯޓު އެތަނުގައި އެގޮތަށް އޮވެއްޖެނަމަ އެސަރަޙައްދުގެ ތިމާވެއްޓަށާއި އަދި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށާއި އަދި އެ ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި އަދި އޮޑިއެއް ބަނުމުގެ މަސައްކަތް ކުރާ ސަރަޙައްދެއްކަމުން، މި ބޯޓު އެސަރަޙައްދަށް ލައްގާފައި އޮތުމުގެ ސަބަބުން، އެ ސަރަޙައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫ ވަމުންދާކަމަށް ކައުންސިލުން ކޮއްފައިވާ އިއުލާނެއްގައި ވެއެވެ.

ވޭމަންޑޫ ކައުންސިލުން ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ މިބޯޓުގެ ވެރިފަރާތެއް ވާނަމަ، 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން ރަށު ކައުންސިލަށް އެންގުމަށެވެ. އަދި މި މުއްދަތުގެތެރޭ ބޯޓުގެ ވެރިފަރާތެއް ވާކަން އެ އިދާރާއަށް ނާންގަވައިފިނަމަ ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށް ބަލައި، ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދުގެ ދަށުން އަމަލު ކުރާނެ ކަމަށެވެ.

މި ބޯޓަކީ ތ. ފުނައްޑޫގައި ކުރިން ބޭނުންކުރި ބޯޓެކެވެ. ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން މިހާރު ވަނީ މިފްކޯއާ ހަވާލުކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *