Ad

ރައްކާތެރިކަމުގެ ސައްތައިން ސައްތަ ޔަގީންކަން އެމެރިކާއަށް ދެއްވަން ދަތިކަމަށް އެމެރިކާގެ ސިއްރުފުލުހުންގެ ވެރިޔާ ވިދާޅުވެއްޖެ

ސިއްރު ފުލުހުންގެ ވެރިޔާ ވިދާޅުވަނީ ބަޖެޓް ބޮޑުކޮށްދިނަސް، އެމެރިކާއަށް އޮތް ނުރައްކާ ކުޑަ ނުވާނެ ކަމަށް

ސިއްރުފުލުހުންނަށް ޚާއްސަ ބަޖެޓް މިދިޔަ އަހަރަށްވުރެ ބޮޑުކޮށްދިން ކަމުގައިވިއަސް، އެމެރިކާއަށް ހުރި ނުރައްކާތައް ބޮޑުކަމުން، ރައްކާތެރިކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދެއްވަން ދަތިކަމަށް އެމެރިކާގެ ސިއްރުފުލުހުންގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮލަޑްޓް ޓްރަމްޕު ހުށަހަޅާފައިވާ ގޮތަށް ސިއްރު ފުލުހުންގެ ބަޖެޓް ބޮޑުކޮށްދިނުމުން، ރައްކާތެރިކަމުގެ ސަފުތައް ފޫދުއްވާ ނުލެވޭނެ ކަމުގެ ޔަގީންކަން އޮތީ ކިހާ ވަރަކަށްތޯ ކޮންގްރެސްގެ ބައެއް މެންބަރުން ސިއްރު ފުލުހުންގެ ވެރިޔާއާ ތަކުރާރުކޮށް ސުވާލުކުރުމުންވެސް އޭނާ ވިދާޅުވީ އެމެރިކާއަށް އެތެރެއާއި ބޭރުން އަމާޒުވެފައިވާ ނުރައްކަލާއި ބިރުވެރިކަމަށް ބަލާއިރު ސައްތައިން ސައްތަ ޔަގީންކަމެއް އެއްވެސް ވަރަކަށް ދެއްވަން ދަތިކަމަށެވެ.

"ނުރައްކާ ކުޑަކުރެވިދާނެ، އެކަމަކު ގޮންޖެހުންތައް ވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.

މިހާރު އެމެރިކާގެ ސިއްރު ފުލުހުންގެ ޚިދުމަތުގެ އަހަރީ ބަޖެޓް ހުރީ 2.3 ބިލިއަން ޑޮލަރުގައެވެ. މިއަހަރުގެ ބަޖެޓުގައި ރައީސް ޑޮނަލްޑް ޓްރަޕްޓް ވަނީ އެއަދު ހަތް ޕަސެންޓާއި ދިހަ ފަސެންޓާ ދެމެދުގެ އަދަދެއް ބޮޑުކުރަން ނިންމާފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާގުޅޭ ކެމްޕޭނުގެ ކަންކަމާއި އިންތިހާބުގެ ކަންކަމާ ގުޅިގެން އެމެރިކާގައި ސަލާމަތީ ފިޔަވަޅުތައް އިހުނަށްވުރެ ވަރުގަދަކުރުން ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ސީކްރެޓް ސާވިސް އެންމެ ފުރަތަމަ އުފެއްދީ 1865 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ސީކްރެޓް ސާވިސްގެ މައިގަނޑު މަގުސަދަކަށްވެފައި އޮތީ އެމެރިކާގައި ދައުރުވަމުންދިޔަ ވަގު ފައިސާގެ ކަޅު ބާޒާރު ހުއްޓުމަކަށް ގެނައުމެވެ. އެއަށްފަހު އެ ޚިދުމަތް ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ނެޓްވޯކާ ގުޅުވާލާ އެ ޚިދުމަތުގެ ދައުރާއި އެޚިދުމަތަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަހަރުން އަހަރަށް ދިޔައީ ބޮޑުކުރަމުންނެވެ.

އެމެރިކާގެ ސީކުރެޓް ސާވިސްގެ މުވައްޒަގުންގެ މުސާރަތައް ހުރީ އަހަރު 58،000-160،000 ޑޮލަރާ ދެމެދުގައެވެ. މީގެ ތެރޭގައި އެމީހުންގެ އިތުރު އިނާޔަތްތައް ނުހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *