Ad

ކޮވިޑްގެ ތަޖުރިބާއާއެކު، ރާއްޖޭގެ ހަކަތައިގެ ސިޔާސަތާމެދު އަލުން ވިސްނަން ވެއްޖެ: ވޯލްޑް ބޭންކް

އިލެކްޓްރިސިޓީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއިން ކުރަނީ އާދަޔާޚިލާފު ބޮޑު ޚަރަދެއްކަމަށާއި، އެކަންކަން ހައްލުކުރުމުގައި ކޮވިޑް-19ގެ ތަޖުރިބާއިން އިބުރަތްލިބިގަނެ، ހަރަކައިގެ ސިޔާސަތާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް އިރުޝާދު ދީފިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި "މޯލްޑިވްސް ޑިވެލޮޕެންޓް އަޕްޑޭޓްސް"ގެ ނަމުގައި ލިޔެ އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކޮށްގެން ކަރަންޓުގެ އަގު ދަށްކުރުމުގެ އިތުރުން ދަޢުލަތުގެ ބަޖެޓަށްވެސް ބާރުކުޑަވެގެންދާނެއެވެ.

ސަރަހައްދުގެ ޤައުމުތަކާ އަޅާބަލާއިރު ކަރަންޓްގެ ޚިދުމަތުގެ އަގު އެންމެ މަތީފައިވާ ރާއްޖެއިން ކަރަންޓް އުފެއްދުމުގައި ފޮސިލް ފިއުލްސް-ހާއްސަކޮށް ޑީސަލަށް ޑިޕެންޓްވާ މިންވަރު ކުޑަކޮށް ދައުލަތުގެ ބަޖެޓަށް ލުއިލިބޭނެ ފަދަ އިންވެސްޓްމަންޓައް އަވަހަށް ތަޢާރަފްކޮށް ތަންފީޒު ކުމަށް އެބޭންކުން ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ.

ކަރަންޓުގެ ޚިދުމަތަށް އޮތް ބޮޑު ޑިމާންޓާއެކު، އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 2023ގެ ނިޔަލަށް 20 އިންސައްތަ އިތުރުކުރުމާއެކު 2030ގެ ނިޔަލަށް 70 ޕަސެންޓަށް މަތިކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އިޔާދަކުރަނިވި ހަކަތައިގެ 2023 އަމާޒު ހާސިލްކުރުމަށްޓަކައި  300 މިލިއަން ޑޮލަރު އަދި 2030ގެ ލަނޑުދަނޑިއާ ހަމައަށް ވާސިލްވުމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްސް ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

އެ ބޭންކުން ފާހަކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުގެ ކުރުމުއްދަތާއި ދިގުމުއްދަތުގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒުތައް ހާސިލްކިރެވިއްޖެނަމަ ދައުލަތުގެ ބަޖެޓުން ފިއުލް ސަބްސިޓީއަށް ކުރާ ބޮޑު ހޭދަ ކުޑަކުރެވުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެރި ހަކަތަ އިތުރުކުރިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *