Ad

މުދަލަށް ޑިއުޓީ ދައްކާނީ އެފްއޯބީ އަގުން ކަމަށް ޤާނޫނުގައި ކަނޑައެޅިއަސް، ޑިކްލަރޭޝަން ފޯމާއި އިންވޮއިސްގެ އެއްވެސް މަޢުލޫމާތެއް ބަދަލުކުރާކަން ނުޖެހޭނެ: ކަސްޓަމަސް

މުދަލަށް ޑިއުޓީ ދައްކާނީ އެފްއޯބީ އަގުން ކަމަށް ޤާނޫނުގައި ކަނޑައެޅިއަސް، ޑިކްލަރޭޝަން ފޯމާއި އިންވޮއިސްގެ އެއްވެސް މަޢުލޫމާތެއް ބަދަލުކުރާކަން ނުޖެހޭނެ: ކަސްޓަމަސް

ސަރުކާރަށް ޑިއުޓީ ދައްކަން ޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގު ކަމުގައި ބަލާނީ އެމުދަލުގެ އެފްއޯބީ އަގު ކަމުގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް އިސްލާހު ގެނެސްފައިވީ ނަމަވެސް، ރާއްޖެ އެތެރެކުރާ މުދަލުގެ ޑެކްލެރޭޝަން ފޯމާއި އިންވޮއިސްގައި، ކުރިއެކޭވެސް އެއްގޮތަށް ޕްރައިޓާއި އިންޝުއަރެންސް އަދި އެހެނިގެން ޚަރަދުތައް ހިމެނޭ ނަމަ އެ ޚަރަދުތަކުގެ ތަފްސީލް ހިމަނަން ޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ހަވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން 1 އޮގަސްޓް 2020 ވަނަ ތާރީޚުން ފެށިގެން އިމްޕޯޓް ޑިއުޓީ ނަގަމުން ގެންދަން ޖެހޭނީ އިމްޕޯޓްކުރާ މުދަލުގެ އެފްއޯބީ އަގުންނެވެ.

".ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގު ކަމުގައި ބަލާނީ އެ މުދަލުގެ އެފްއޯބީ އަގު ކަމުގައި ކަނޑައަޅާފައި ވީނަމަވެސް، މުދާ އިމްޕޯޓް ކުރެއްވުމަށް ގުޑްސް ޑިކްލެރޭޝަން ފުރިހަމަ ކުރެއްވުމުގައި، މިހާރެކޭވެސް އެއްގޮތަށް، ފްރައިޓް، އިންޝުއަރެންސް އަދި އެހެނިގެން ޚަރަދު ހިމެނޭނަމަ އެމަޢުލޫމާތު ވަކިވަކިން ހިމަނައިގެން ޑިކްލަރޭޝަން ފޯމް ފުރިހަމަ ކުރަމުން ގެންދިއުމަށް ދެންނެވީމެވެ،" ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކަސްޓަމްސްއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ. "އަދި ކަސްޓަމްސް އާންމު ޤަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭ އިންވޮއިސްގައި ހުންނަން ޖެހޭ މަޢުލޫމާތަށް އެއްވެސް މަޢުލޫމާތަކަށް ބަދަލެއް އައިސްފައިނުވާ ވާހަކަ ދެންނެވީމެވެ."

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދަލުގެ ޑިކްލަރޭޝަން ފޯމާއި އޮންވޮއިސްގައި ހިމެނޭ މަޢުލޫމާތު ކުރިއެކޭވެސް އެއްގޮތަށް ހުށަހަޅަމުން ގެންދަން ޖެހޭ ގޮތަށް ނިންމީ، ފްރައިޓާއި އިންޝުއަރެންސް އަދި މުދާ އިމްޕޯޓްކުރުމަށް ހިނގާ މިނޫންވެސް ޚަރަދުތަކުގެ މަޢުލޫމާތަކީ ކަސްޓަމްސްގެ ތަފާސް ހިސާބުގެ ބޭނުމުގެ އިތުރުން ބެލެންސް އޮފް ޕޭމަންޓަށާއި އިންޓަނޭޝަނަލް މަރޗަންޑައިސް ޓްރޭޑް ސްޓެޓިސްޓިކްސް އަށް ވެސް މުޙިއްމު މަޢުލޫމާތުތަކެއް ކަމުގައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *