Ad

ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެނުންގެ ގޮފީގެ ޗެމްޕިއަންކަން މަޑިފުށި ހޯދައިފި

މިހާރު ކުރިއަށްދާ ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެނުންގެ ގޮފީގެ ޗެމްޕިއަންކަން މަޑިފުށި ހޯދައިފިއެވެ.

މަޑިފުށި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުބާރާތް ބާއްވާ ވޭމަންޑޫއާ ބައްދަލުކޮށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. މަޑުފުށިން ސެޓްތައް ގެންދިޔައީ ފަންސަވީސް ނަވާރަ، ފަންސަވީސް އެކާވީސް އަދި ފަންސަވީސް ސަތާރައިންނެވެ.

މި މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށާއި އެންމެ މޮޅު ކޯޗަށް ވަނީ އިނާމު ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މަޑިފުށީ ޓީމަށް ކޯޗްކޮއްދިން ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް ނަދީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީވެސް މަޑިފުއްޓެވެ. ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގައި 6 ޓީމް ވާދަކުރިއެވެ. މި މުބާރާތުގައި ވާދަކުރީ މަޑުފުށި، ބުރުނި، ހިރިލަންދޫ، ވޭމަންޑޫ، ކިނބިދޫ އަދި ތިމަރަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *