Ad

ޔޮހާނީ، އުއްޗު އަދި މަސްއޫދާއި އެކީ ކުރި ލޯންޗް ދަތުރު!

މިދިޔަ ހަފްތާގައި ސޯޝަލް މީޑިޔާ އުތުރު އަރައިގެން ދިޔައީ މަސްހޫރު އަދި ނުފޫޒުގަދަ ވިޔަފާރިވެރިޔާ އުއްޗު އާއި އެކު މަސްއޫދާއި ލަންކާގެ މަސްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ލޯންޗެއްގައި ދަތުރުކުރާ ވީޑިޔޯއިން ނެވެ.

ފުރަތަމަ ފަހަރަށް ރާއްޖެ ޒިއާރަތް ކުރި ޔޮހާނީގެ އެވީޑިޔޯ އާއި އެކު މުޅި ސޯސިއަލް މީޑިޔާގެ ހުރިހާ ޕްލެޓް ފޯމްތަކެއް އެ ވީޑިޔޯއިން ފަޅުފިލުވައިގެން ދިޔައިރު، އެވީޑިޔޯއިން ފެނިގެން ދަނީ ލޯންޗެއްގެ ފަހަތު ސީޓްގައި ތިން މީހުން އިށީދެގެން ތިބޭ މަންޒަރެވެ.

މުޅިން އަލަށް ކަހަލަ ގޮތަކަށް ކަނޑުދަތުރު ކުރި ޔޮހާނީ އާއި އެކީ އުއްޗު ޢާއި މަސްއޫދު ހިނިތުންވުމާއި އެކު ޖަޒުބާތީ ވާހަކަތަކެއް ދައްކަމުން ދިޔައިރު، މުޅި ވީޑިޔޯއިން ފެނިގެން ދިޔައީ އުފާވެރިކަމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޮހާނީ ޗުއްޓީ ހޭދަކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް ހުންނަ ހުރަވަޅި މޯލްޑިވްސްގަ އެވެ. އަދި ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޔޮހާނީ ވަނީ ލަވަކިޔައި ޝޯ ހުށަހަޅައިދީފަ އެވެ.

ލައިވް ޕާފޯމަންސާއި އެކު ޔޮހާނީ ޝޯ ވަނީ ހުޅުމާލޭގައި ބާއްވައިފަ އެވެ. ހަވީރުގެ ޝޯއަށް ހިލޭ ވަދެވިފައިވާއިރު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހުނެވެ.

އަދި ޔޮހާނީ އާއި ވަކިން ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް އެފުރުސަތު ވެސް ބައިސްކޯފް އިން ވަނީ ދީފަ އެވެ.

މިގޮޮތަށް ދިވެހިރާއްޖެ އަންނަ މަޝްހޫރުފަރާތްތަކަށް ކުރިންވެސް އުއްޗުވަނީ ތަރުހީބު ދެއްވާފައެވެ. އެގޮތުން މިހާރު ދުނިޔޭގެ ލެވެލް ގެ މެގަ ސުޕަސްޓަރ ޕްރިޔަންކާ ޗޯޕްރާ އަށް މަލުގެ ވެދުމެއް އެތައްހާސް ބަޔަކު ކުރިމަތީ ލައިވްކޮށް ވެދުންކޮށް ހިންދީބަހުން ޅެމެއް ހުށަހަޅާ ޕްރިޔަންކާ ހައިރާން ކޮއްލި ހަމައެކަނި ދިވެހި ފިރިހެނަކީވެސް ޢުއްޗުއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *