Ad

137 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫއު އިފްތިތާހުކޮށްފި

137 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްު ވިދާޅުވީ، ބޮޑުއުތުރާއި ބޮޑުތިލަދުންމަތި އަދި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުގެ ތަޞައްވުރުގެ ތެރެއިން ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަދާ ކަމަށެވެ.

"މި އެއަރޕޯޓް ނިމުމާއެކު، ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަޙައްދުގެ އިޤްތިޞާދު ފެނުން ތޮޅިލައި އުދަވާން ފަށާނެ. އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިޒޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ. އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ. މި ދެންނެވީ މި އެއަރޕޯޓަށްފަހު ޠަބީޢަތު އޭގެ ޒާތުން ގެނެސްދޭނެ ކުރިއެރުމާއި ތަރައްޤީ. މިކަން ދިވެހިން މިތިބީ ތަޖުރިބާކޮށްފައި. ބައިނަލްއަޤުވާމީ އެއަރޕޯޓަކީ ތަރައްޤީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން އޮތީ ސާބިތުވެފައި. މީގެ ދިރިދިރި އޮތް މިސާލަކީ، މާލެ ސަރަޙައްދުގައި އޮތް ހުޅުލެ. އެއަރޕޯޓް ނެތްއިރުވެސް ހުޅުލެއަކީ ހަމަ ހަނިމާދޫހެން އޮތް ހަނި ދިގު ރަށެއް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެ ސަރަޙައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫޢު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކްޓްސްއާ އެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2460 މީޓަރުގެ އާ ރަންވޭއެއް މި އެއަރޕޯޓުގައި ތަރައްޤީކުރެވޭނެއެވެ. އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާރމިނަލަކާއެކު އެއަރޕޯޓް ތަރައްޤީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭގޮތަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *