ޤާނޫނާއި ޤަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީކެއް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މޯލްޑިވްސް އިމިގްރޭޝަންއާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބިދޭސީންގެ އެކައުންޓް ތަކުގައި މިދިޔަ 3 އަހަރުތެރޭ 54،429،550 މިލިއަން ރުފިޔާ އާއި 1،627،810 މިލިއަން ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ.
އަދި މި މީހުން އަތުލައިގަތީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން އިދާރާގުޅިގެން މިހާރު ފަށާފައިވާ އޮޕަރޭޝަންގައި ކަމަަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތް ކުރުމަށް އެ ފަރާތަތަކާއި ހަވާލުކޮށްފައި ހުންނަކަންވެސް މި އޮޕރޭޝަނުގައި ހޯދުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ.




