ތަކަންދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ވާދަކުރެއްވި ފާތިމަތު ޝައުފާ ކާމިޔާބުކުރައްްވައިފިއެވެ.
ފާތިމަތު ޝައުފާ މި އިންތިހާބު ކާމިޔާބުކުރެއްވީ މިއަދު އޮތް ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަހީމާ މުހައްމަދާ ވާދަކޮށްގެންނެވެ. މި އިންތިހާބުގައި ޝައުފާއަށް 237 ވޯޓް ލިބުނު އިރު ފަހީމާއަށް ލިބުނީ 203 ވޯޓެވެ. މި އިންތިހާބުގައި 675 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވިއެވެ. ވޯޓްލީ މީހުންގެ އިންސައްތައަކީ 66.37 ޕަސެންޓެވެ. ވޯޓްލީ މީހުންގެ ތެރެއިން 8 ވޯޓް ބާތިލްވިއެވެ.
މިއަދު ބޭއްވުނު ހއ ތަކަންދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ފާޠިމަތު ޝައުފާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަން.
މި ފުރުސަތުގައި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށާއި ދާއިރާ މަޖިލިސް މެމްބަރަށް ވަރަށް ބޮޑަށް މަރުހަބާއާއި ޝުކުރު ދަންނަވަން pic.twitter.com/WGNwpNXotT
— MDP Secretariat (@MDPSecretariat) January 21, 2023
ތަކަންދޫ ކައުންސިލްގެ 1 ގޮނޑި ހުސްވީ އެކައުންސިލްގެ އެމްޑީޕީ ކައުންސިލަރު ޒާހިޔާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.