Ad

މަޖިލީހާއި ކައުންސިލް އިންތިހާބު ކާމިޔާބުކުމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޖެހޭ: ރައީސް ސޯލިހު

އެމްޑީޕީއަށް ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އޭގެ ފަހަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުވެސް އަދި ކައުންސިލް އިންތިޚާބުވެސް އެމްޑީޕީއަށް ކާމިޔާބު ނުކުރެވިދާނެ ކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާންޖެހޭ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ރައީސް ސާލިހުގެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ފާއިތުވެދިޔަ ތަނުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުވެސް އަދި ކައުންސިލް އިންތިޚާބުވެސް ކާމިޔާބު ކޮށްފައިހުރީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީތަކުން ކަމަށެވެ.

"2008 ގައިވެސް ވީ އެހެން، 2013 ގައިވެސް އެހެން. 2013ގައި ވެރިކަމުގައި އޮތީ ޕީޕީއެމް. ޕީޕީއެމް ބޮޑުތަނުން މަޖިލިސް އިންތިހާބު ނެގި، ކައުންސިލްތައް ނެގި. 2018 ގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ދެން ބޭއްވި ރައްޔިތުންގެ މަޖިލިސް ބޮޑުތަނުން ކާމިޔާބުކޮށްގެން މިތިބީ، ކައުންސިލްތައްވެސް ކުރިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށާއި އެ އިންތިހާބު ކާމިޔާބުނުކޮށް ދެން އަންނަ އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫ ކަމެއް ކަމަށެވެ. އެކަން އެމްޑީޕީއަށް ކުރެވެން އޮތީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބިގެން ކަމަށް ވިދާޅުވިއެވެ.

"24 ބޭނުންވިޔަސް، 26 ބޭނުންވިޔަސް ފުރަތަމަ ކުރަން މިޖެހޭ ކަމަކީ 23 ކާމިޔާބު ކުރުން. ތި ހުރިހާ ބޭފުޅުންވެސް، ސީނިއާ ބޭފުޅުންވެސް މިކަމާ ވިސްނަވާ ފިކުރުކުރެއްވުން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *