Ad

ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރު ތަފާތު ދައްކަވައި "އޭ" ރިޕޯޓެއް! ދާއިރާގެ އެއް ރަށުން 100 ޕަސެންޓް!

މިމަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީއަކީ ރާއްޖޭގައި ޕާޓީއެއްގެ އެތެރޭގައި ބޭއްވި އެންމެ ފޯރިގަދަ އެންމެ ވާދަވެރި އިންތިހާބެވެ. އެމްޑީޕީ އުފެދުމުގެ އަސްލު ކަމަށް ގިނަބަޔަކު ބުނާ ރައީސް ނަޝީދާއި ވާދަކޮށް "ބޮޑު ތަފާތަކުން" އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސޯލިހެވެ. އިންތިހާބު ނިމިގެން ދިޔައިރު ފާހަގަކޮށްލެވޭ ގިނަ ކަންކަން އެބަހުއްޓެވެ. މިގޮތުން ރައީސް ނަޝީދުގެ ތާއީދު ބޮޑު ބައެއް ރަށްރަށާއި ދާއިރާތަކުން ރައީސް ސޯލިހު ބޮޑުތަނުން ކުރި ހޯއްދަވާފައި ވުމެވެ. އިންތިހާބުގެ ކުރިން ރައީސް ނަޝީދަށް ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލްކުރި ބައެއް ރަށްރަށާއި ދާއިރާތަކުން ރައީސް ސޯލިހު ތަފާތު ދެއްކިއެވެ.

މި އިންތިހާބުގައި ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އިންތިހާބުގެ ކުރިން ޕޯޑިއަމްތަކުގައި މާބޮޑަށް ވާހަކަ ނުދެއްކެވި ނަމަވެސް ނާޝިޒް ވަނީ ނަތީޖާ ނެރެދެއްވާފައެވެ. މާގިނަ ވާހަދަ ނުދެއްވި ނަމަވެސް ނާޝިޒް އޭރުވެސް ބުނަމުން އައީ މި އިންތިހާބު 60 ޕަސެންޓަށްވުރެ ބޮޑު ޕަސެންޓަކުން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ކަންވީވެސް އެހެންނެވެ. މިއިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 61 ޕަސެންޓް ހޯއްދަވައިގެންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން އިވެންޓެއްގައި ނާޝިޒްއާ މިނިސްޓަރު މާރިޔާ

ނާޝިޒް މެމްބަރުކަން ކުރައްވާ ކިނބިދޫ ދާއިރާގެ 5 ރަށުގެ މެޖޯރިޓީވެސް ލިބުނީ ރައީސް ސޯލިހަށެވެ. ރައީސް ނަޝީދުގެ ބޮޑު ތާއީދެއް އޮންނަ ކިނބިދޫންވެސް ރައީސް ސޯލިހު ކާމިޔާބު ހޯއްދެވުމަކީ އެތައް ބަޔަކަށް ގަބޫލުކުރަން އުނދަގޫ ހަޤީތެކެވެ. އެއީ ރައީސް ނަޝީދު އެންމެ ގިނައިން ވަޑައިގަންނަވާ ރަށްރަށުގެ ތެރޭގައި އެރަށް ހިމެނި އެރަށުގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާތީއެވެ. ކިނބިދޫ ދާއިރާގެ 79 ޕަސެންޓް ރައީސް ސޯލިހަށް ލިބުނު އިރު އެދާއިރާގެ ވަންދޫން ރައީސް ސޯލިހު 100 ޕަސެންޓް ހޯއްދެވިއެވެ. މިއީ ރައީސް ސޯލިހަށް 100 ޕަސެންޓް ލިބުނު 7 ރަށުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓްލީ ރަށެވެ. ކިނބިދޫ ދާއިރާގެ ހިރިލަންދުއާއި އޮމަދޫން ރައީސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ 4 ވޯޓެވެ.

"ދާއިރާއިން ފެނިގެން މިދިޔައީ މެމްބަރާ ދާއިރާގެ ރައްޔިތުންނާ އޮންނަ ގުޅުން. މެމްބަރު ނާނުއަކީ މާގިނަ ވާހަކަ ނުދައްކާ ނަތީޖާ ނެރޭ ބޭފުޅެއް. އަޅުގަނޑު ރައީސް ނަޝީދަށް ވަރަށް ތާއީދު ކުރަން. އެކަމަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ރައީސް ސޯލިހަށް ޓިކެޓް ލިބިގެންކަމަށް ގަބޫލުކުރެވޭތީ ރައީސަށް ވޯޓުދިނީ." ކިނބިދޫގެ އެމްޑީޕީ އިސް މީހަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *