Ad

ނުކުޅެދޭ މީހުންގެ އެލަވަންސް ޖޫން މަހު ބޮޑުކުރާނަން: ރައީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ސަރުކާރުން ދެމުން އަންނަ ޑިސްއެބިލިޓީ އެލަވަންސް އަންނަ ޖޫން މަހު ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑުކޮށްދެއްވާނެކަން ރައީސް ސޯލިހު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

"އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބޮޑުކުރާނެ ވަރެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.  މިދިޔަ އަހަރު ދެއްވި ރިޔާސީ ބަޔާނުގައިވެސް އެކަމިކުފާނު ވަނީ އެއަހަރުގެ ފަހުކޮޅު މި އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން ވިދާޅުވީ އޭރު އެކަން ނުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމާއި އެލަވަންސް ދޭނެ އުސޫލު ކަނޑައަޅުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންގެންދަނީ 2000 ރުފިޔާގެ އެލަވަންސްއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *