Ad

އަންނަ މަހު ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރަނީ

ހިދުމަތްތައް އޮންލައިންކޮށް، އައިޑީކާޑު ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ, ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު," ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ އިންޓަރނެޓްގެ ސްޕީޑް ހަލުވިކޮށް އަގު ހެޔޮ ކުރުމަށް ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން އިންޓަރނެޓްގެ އަގަށާއި ސްޕީޑަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *