Ad

މި އަަހަރު ނިމުމުގެ ކުރިންް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރާން: ރައީސް ސޯލިހު

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް ނިންމާފައިވާ ކަމަަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަަށެއްްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމެއް ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް ހުޅުވި ހިދުމަތް ދޭން ފެށުނު. އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމް ކުރެވޭނެ," ރަައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިންޓަރޕޯލްގައި ރާއްޖޭގެ ފުލުހަކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *