ރައީސް އޮފީސްގެ މިނިސްޓަރު އެމްޑީޕީ ނައިބު ރައީސް ޝިފާޒް (ޝިއްޕޭ) އޮފީހަށް ނާންނަތާ 2 މަސް ދުވަސް ވެއްޖެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. ރައީސް އޮފީހުން ގުޅިޔަސް މިހާރު ޝިއްޕެއެއް ފޯނެއްވެސް ނުނަގާކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލެއް އިރުވަރަށް މައުލޫމާތު ދިނެވެ. ނަމަވެސް ޝިއްޕެ ދަނީ މިނިސްޓަރު ކަމުގެ މުސާރަ ނަންގަވަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޝިއްޕެ އަކީ ރައީސް ނަޝީދުގެ ފެކްޝަން ބޭފުޅަކަށް ވުމުން ޕްރައިމެރީގެ ކުރިންވެސް އަދި ޕްރައިމެރީ ނިމުން ފަހުންވެސް އޮފީހަކަށް ވަޑައެއްނުގަންނަވައެވެ. އަދި ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންވެސް މަރުހަބާ ވިދާޅުނުވާ ތަނުގައި އިންތިހާބާއި މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މިހާރު އުޅުއްވަނީ ރައީސް ސޯލިހާއި ވަކިން ރައީސް ނަޝީދު ޕްރޮމޯޓް ކުރަށްވަން "ފިކުރުގެ ދިރުން" ކިޔާ ހަރަކާތެއް ހިންގެވުމުގައެވެ.
ރައީސް ސޯލިހުގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ނާޖާއިޒް ފައިދާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ނަންގަވަމުން ގެންދަވާ ކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިމަހުގެ 17 ވަނަދުވަހު އެމްޑީޕީން ރަސްމީކޮށް ރިޔާސީ ޓިކެޓް ރައީސް ސާލިހް އަށް ހަވާލްކުރަން ހަފްލާއެއް ކުލަގަދަކޮށް ބާއްވަން ތައްޔާރުވަމުންދާއިރު ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ޓީމުން ބުނަނީ ރައީސް ސާލިހުގެ ފަހަތަށް ނާރާނެކަމަށާއި ޓިކެޓް ހަވާލުކުރާ ހަފްލާވެސް ބޯއިކޮޓް ކުރާނެކަމަށެވެ.
ރައީސް ސާލިހު މިހާރު އެކުގައި ތިބި ބަޔަކާއި އެކީ ރޮނގުދަމާލާފައި ކުރިއަށް ދާންވީވަގުތު އައިސް ޖެހިއްޖެ ކަމަށް ކަމަށް މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
3 Responses
ޕެޓަރނިޓީ ލީވް ލިބެނީ 30 ދުވަސް. ދެމަސް ދުވަސް ވީމާ ފިޔަވަޅު ނޭޅޭނަމަ ރައީސް އޮފީހުން ގަވައިދުގެ ތެރެއިން ކަންކަން ތަންފީޒުކުރަން ޖެހޭނެ. ޝިއްޕެ ބޮލަށް ކަނޑާ ލާފައި މުސާރަ ޖަމާކުރަނީ އެއީ ސިއްޕެގެ މައްސަލައެއްތޯ އެވެ.
ރިއެކްޓް ކުރައްވަން ވާނެ.
ކެރަފާ ނަޝީދަކީ ހިތްތިރި މީހެއްކަމަށް މިލިޔުމުގައި ވާތީ ހަމަ ހައިރާންވެއްޖެ.
Keyvebaa musaara dhenee. Musaara dhinun huttaalaa.m