Ad

ޗަންޕާ ގިރީގެ ރެހެންދި ހަދީޖާ ގަނޑުވަރާއި ކުޑަގިރި!

ވިޔަފާރި ޓައިކޫން ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ނަން މަސްހޫރު ޗަންޕާ ގިރި އަކީ ދިވެހިންނަށް އާރަށެއް ނޫނެވެ. އެހެންނަމަވެސް އެތަނުގައި ގާއިމްކޮށްފައިވާ ރެހެންދި ހަދީޖާ ގަނޑުވަރުގެ ވާހަކަ މަދު މީހަކަށް ނޫނީ ފެނިފައިނުވާނެ އެވެ.

ޗަންޕާގިރިއަށް އެތައް އަހަރެއް ވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ގޮސް ހިތް އުފާ ކޮށްލުމަށް ކުޑަގިރި ނަމުގައި މުޅިން އާރަށެއް ހުޅުވާފަ އެވެ. ނަމަވެސް މުޅިން އަލަށް އުފަންކުރެވުނު ކުޑަގިރީގައި އަސާރީ ކަމެއް އަދި ފެންނާކަށް ނެތެވެ.

މިއީ ސޯސިއަލް މީޑިޔާ ޒަމާންކަމަށް ވާއިރު، ސަރުކާރުން މިފަދަ އާސާރީ ބިނާއެއް ކުޑަގިރީގައި ގާއިމް ކުރުމަކީ ދުރުކަމެއް ނޫނެވެ. ޒުވާނުން އިސްޓަރގްރާމް ކޮށްލައި ސްނެޕްކޮށްލަން މިފަދަ ބިނާތައް ކުޑަގިރީގައި ގާއިމްކުރުމަކީ މުހިއްމުކަމެވެ.

ޗަންޕާ ގިރީގައި ގާއިމްކޮށްފައިވާ ގަނޑުވަރަކީ މީގެ 200 ވަރަކަށް އަހަރު ކުރިން ދިވެހިރާއްޖޭގައި ރަނިކަން ކުރިކަމަށް ތާރިހުން ބުނެދޭ ރެހެންދި ހަދީޖާ ގަނޑުވަރުގެ ބައްޓަމަށް މާލޭގައި މިނިވަން ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ބާއްވާ ފުޅަދުބުރަށް ތައްޔާރުކުރި ފުޅަދެކެވެ. ޗަންޕާ މިފުޅަދު ނީލަމުން ނަންގަވައިގެން ޗަންޕާ ގިރީގައި ގާއިމްކުރީ އެވެ.

ޗަންޕާ ގިރީގައި ގާއިމްކޮށްފައިވާ ފަދަ ތާރީހާއި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިފަދަ ބިނާތައް ގާއިމްކޮށްފައިވާ ފަދައިން ކުޑަގިރީގައި ވެސް ދިވެހި ޒުވާނުންނަށް ދިވެހި ސަގާފަތާއި ތާރީހް ދައްކުވައިދޭން މިފަދަ ބިނާތައް ގާއިމް ކުރައްވާނެކަން ޔަގީނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Meedhoa mi nagaabil sarukaarun kudagiri namugaa finolheh hikkaafa hatuthakeh jehi kamakee, hama Emme kameh ves adhi nameh ves amilla ah kiaakah kuraakah neyngeyey dhoa, uch hu chanpaagiri kiaa thaneh hedhdheveemaa enan balaafa raees Iburaahim mi finolheh hedhee kudagiri nan dheegen, RY burijeh elhuvveema burijeh alhan faividhdhanee mi, adhi 25 bureege Hospitaleh ves alhaanamey kiaa vaudhuve inzaaruves dheefa othee, adhieh nufeney ebunaa 25 bureege bingaa ves, Emme fahun RY elhuvvi 25 bureege dharumavantha Hospitaluge nanbodu nooraanee Hospitalah badhalu kuraathan fennaanee, mihaaruves edhanee RY gaumah Koh dhevvaafa huri ginaguna tharaggeege mashroou thakuge reban kadaa e kanthah thakakee mi ghadhdhaaru sarukaarun kuri kanthah thakeh kamah raiyyathun ah dhakkamun, ekamaku miadhaku raiyyathun gabooleh nukureyeh misarukaarun kuri kamehge gothugaa.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *