Ad
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމށް ފަހު އުފާފާޅުކުރަން ބޭއްވި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމށް ފަހު އުފާފާޅުކުރަން ބޭއްވި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދީފި

ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީއަކާއި އެކީ ކޯލިޝަނެއް ހެދުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސްއަށް އެ ބާރު ދިނުމަށް ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އިއްޒުއްދީން ސްކޫލުގައި ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމަށް ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.

މިގަރާރުގައި ވަނީ، ރިޔާސީ ކެންޑިޑޭޓަށް ސިޔާސީ ޕާޓީއަކާއި ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު ކޯލިޝަން ހަދަން ފެނިއްޖެ ނަމަ، އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ރިޔާސީ ކެންޑިޑޭޓަށް ދޭންވާނެ ކަމަށެވެ.

މި ޖަލްސާގައި 85 މެމްބަރުން ބައިވެރިވިއިރު 81 މެމްބަރުން ވޯޓު ދެއްވީ ނާޝިޒްގެ ހުށައެޅުމާ އެއްގޮތަށެވެ. މިޖަލްސާ، ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންގެ ތެެރެއިން ބައިވެރިވީ މަދު މެމްބަރުންކޮޅެކެވެ. ރައީސް ނަޝީދާއި، އީވާއާއި އިންތި ފަދަ ބޭފުޅުން މިޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *