Ad

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން: ރައީސް ސޯލިހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ޓިކެޓް ހަވާލު ކުރެއްވުމަށް މިރޭ ވޭއްވި ޖަލްސާައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރަންވީ ވަގުތު ކަމަށެވެ. ހިޔާލުތަފާތުވުން ހުއްޓަސް، އެމްޑީޕީ އެއްބައިވާންވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޓަކަ އެވެ.

"ބޭނުންވަނީ ރާއްޖެއަށް މި ގެނެވޭ ތަރައްގީއާއި އެކު ކުރިއަށް ދާން. އެ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް، އެންމެންނަށް އޭގެ ނަފާ ލިބުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުދި ރަށްރަށުގައި އުޅޭ މީހުންނަށް ވެސް އަސާސީ ހިދުމަތްތައް ފުރިހަމަައަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ގިނަ ބަޔަކާއެކު ކާނިވާ ސަރަހައްދުގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *