Ad

ފާއިތުވީ 4 މަހު އެންމެ ގިނައިން މެމްބަރުން އިތުރުވެފައިވާ ސިޔާސީ ޕާޓީތަކަކީ ޕީޕީއެމް، ޖޭޕީ އަދި އެމްޓީޑީ : އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބީ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 57،660 މެންބަރުން ތިބި ކަމަށް ދައްކާއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. އެ ޕާޓީގައި 38،704 މެންބަރުން އެބަތިއްބެެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގައިކަމަށްވާއިރު އެ ޕާޓީގައި 22،607 މެންބަރުން އެބަތިއްބެވެ. ހަތަރު ވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީއޭގައި ތިބީ 10،386 މެންބަރުންނެވެ. އަދި  އަދާލަތު ޕާޓީގައި 9،786 މެންބަރުން، އެމްޓީޑީގައި 3،016 މެންބަރުން، ޕީއެންސީގައި 3،159 މެންބަރުން އަދި އެމްއެންޕީގައި ތިބީ 9،838 މެމްބަރުންނެވެ.

ފާއިތުވީ 4 މަހަގުގައި މެމްބަރުން އިތުރުވެފައިވަނީ ޕީޕީއެމް، ޖޭޕީ އަދި އެމްޓީޑީގައެވެ. އެހެން ޕާޓީ ތަކުންް މި 4 މަސްތެރޭގައި ވަނީ މެމްބަރުން މަދުވެފައެވެ.

ތަފާތުހިސާބުތައް ދައްކާގޮތުން ސިޔާސީ މަސްރަހުގައި ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ އާއްމު ރައްޔިތުންގެ ސިޔާސީ ގޮތުން އެކްޓީވްވެ މިދަނީ އެކިޕާޓީ ތަކާއި ގުޅެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *