Ad

ހުދުމުހުތާރު އާއިލީ ވެރިކަމުގެ އޮލިގާކީ އަދި ޑިމޮކްރަސީގެ ބައްޕަގެ ހަގީގަތް ޒުވާނުންނަށް އެގެން ޖެހޭ!

މިއަދުގެ 30 އަހަރަށް ވުރެ ޅަޒުވާނުންނަށް ރައީސް މައުމޫން 30 އަހަރުވަންދެން ހިންގި ހުދުމުހުތާރުވެރިކަމާއި އަދި އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅުކަމުގައިވާ އެންދެރިމާގޭގައި ބޮޑުވި ގާސިމް އިބްރާހިމާއި އެމަނިކުފާނަށް ތެލާއި އަދި އެހެނިހެން އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލަށް މިގައުމުގައި 1980 ގެ އަހަރުތަކުގައި ދެވުނު މޮނޮޕޮލީން މުއްސަދިވި އޮލިގާކީ ގާސިމް އިބްރާހިމްގެ ހަގީގަތް ތިކުދިންނަށް ނޭންގިދާނެއެވެ.

ނަމަވެސް ރައީސް ނަޝީދު ތިކުދިންނަށް ވަރަށް ރަންގަޅަށް އިނގޭނެއެވެ. ޑިމޮކްރަސީގެ ބައްޕަގެ ގޮތުގައެވެ. ޑިމޮކްރަސީގެ ބައްޕައަށް ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ވެރިކަން ލިބެންޔާއެވެ. އެހެންމީހަކަށް ވެރިކަން ލިބެންޔާ ޑިމޮކްރަސީގެ ބައްޕަ ހުދުމުހުތާރު ޑިކްޓޭޓަރުންނާއި އަދި އޮލިގާކުންނާއި އަތްގުޅާލަންވެސް ތައްޔާރެވެ.

ރައީސް މައުމޫން އާއި ރައީސް ނަޝީދުވެސް އެއްގަލަށް އަރާ އެއްކަމެއްއެބައޮތެވެ. އެއީ އައިލީ ވެރިކަން ދެމެހެއްޓުމަށެވެ. މިގައުމުގައި ކާމިނީ އަދި ކެނެރީ އާއިލާގެ ވެރިކަމެއް ނޫނީ އޮވެގެންނުވެއެވެ. އަތޮޅުތެރެއިން މިގައުމަށް އައި ފުރަތަމަ ރައީސް އިބޫ ސޯލިހު މިގައުމުގެ ވެރިކަމުގައި ހުންނަން ނޭދެނީ އަތޮޅުތެރެ ތަރައްގީކޮށް ސީދާ ނިކަމެތިންނަށް އަޅާލާތީއެވެ. އަދި އާއިލީ ވެރިކަމަށާޢި ހުދުމުހުތާރު ކަމަށް ލޯބި ނުކުރާތީއެވެ. ޑިމޮކްރަސީ އަށް ޖާގަދީ ކެއްތެރިކަން އިސްކުރާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މައުމޫނެކޭ ގާސިމެކޭ ނަޝީދެކޭ އިބޫ ސާލިހެކޭ ވަކިތަފާތެއްހުރި ހަމައެކަކުވެސް ނެއްކަން މިއަދުގެ ޒުވާނުންނައް ވަރައްރަގަޅައް އެގޭ މިބުނިމީހުން ގެފަތިފުއް ކިޔާލާއިރު ކުރިމަތި ކުރުވީ ބަލާޔާއި މުސީބާތް ކޮންމެ މީހަކުވެސް އަންބޮނޑި ބޮޑުކުރެވޭތޯބެލީ ގައުމުދަވާލީ ހުސް ވަގުންތީ ވަރައްސަލާމް

  2. ތިހާ ކުރުކޮށް ވިޔަސް ތެދު ވާހަކައެއް މިހާތަނަށް މިނޫސްތަކުން މަދުވާނެ ލިޔާލެއް! ލިއުންތެރިޔާއަށް ސާބަސް އަދި ވަގުޔާމީނުގއ ނަން ވެސް ހިމެނިނަމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *