Ad

މިފަހަރު އީދުގައި އެންމެ ޑިމާންޑް ބޮޑީ 1438 ބޮޑުބެރު ގްރޫޕް!

މިފަހަރު ބޮޑުއީދު ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ހުރިހާ ރަށަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ރަށުގެ ޒަމާންވީ ސަޤާފީ ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގެ މަޝްހޫރު ފަރާތްތަކާއި ގްރޫޕްތައް އެރަށްރަށަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަބަބަކީ އީދުގެ ފޯރި ވީހާވެސް ގަދަކޮށް ވީހާވެސް ކުލަގަދަކޮށް އީދު ފާހަގަކުރުމެވެ.

މިފަހަރުގެ އީދުގައި އެންމެ ޑިމާންޑް ބޮޑު ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ މަޝްހޫރު ބޮޑުބެރު ގްރޫޕްކަމަށްވާ 1438 ބޮޑުބެރު ގްރޫޕެވެ. އީދުގައި ރަށްރަށުގެ ސްޓޭޖްތައް ފަޅުފިލުވާލުމަށް ކޮންމެ ދުވަހަކު އެތައް ކޯލެއް އެގްރޫޕަށް އާދެއެވެ. ނަމަވެސް މީގެ އެރަށް ދުވަހެއް ކުރިން އެގްރޫޕުން ވަނީ އީދު ޝޯވތައް ދޭނެ ރަށްރަށް ފައިނަލް ކޮށްފައެވެ.

އީދު ދުވަހު އެގްރޫޕުން ޝޯވ ދޭނީ ކްރޮސްރޯޑުގައެވެ. އީދުގެ ދެވަނަ ދުވަހު ރ. މަޑުއްވަރީގެ ޝޯވ ދިނުމަށް ހަމަޖެހިފައިވާއިރު އީދުގެ 3 އަދި 4 ވަނަ ދުވަހު އެ ގްރޫޕުން ހަރަކާތްތެރިވާނީ އދ. ދަނގެތީގައެވެ.

ބޮޑުބެރުގެ އިތުރުން ސަޤާފީ ކުޅިވަރުތަކާއި މުނިފޫހި ފިލުވުމުގެ އެތައް ހަރަކާތްތަކެއް އެގްރޫޕުން ހުށައަޅައިދޭނެއެވެ.

"ރޭގަނޑު ޝޯވ މި އޮންނަނީ. ހަވީރު އޮންނާނީ ދަނޑި މާފަތި ޖެހުމާއި، ދަފިނެގުން ފަދަ ސަޤާފީ ކުޅިވަރުތައް. ބައެއް ރަށްރަށުގައި އީދުގެ ކުޅިވަރުތަކުގައިވެސް މި ގްރޫޕުން ބައިވެރިވާނެ." 1438 ބޮޑުބެރު ގްރޫޕްގެ އިސް މެމްބަރަކު ބުންޏެވެ.

މިފަހަރު އީދަށް ހާއްސަކޮށް ވީޑިއޯ ލަވަތަކެއް ތައްޔާރުކުރުމުގެ މަސައްކަތް އެގްރޫޕުން އަންނަނީ ކުރަމުންނެވެ.

"އީދަށް ވަރަށް ބާރުބޮޑުކޮށް މި ދަނީ. މިފަހަރު އީދު ވަރަށް ތަފާތުވާނެ. މުޅިން އާ ލަވަތަކެއް ހިމެނޭނެ. މިހާރުވެސް ޕްރެކްޓިކްސް ކުރަމުން މިދަނީ. ވަރަށް ފުރިހަމައަށް ތައްޔާރު ވެވިއްޖެ." 1438 ބޮޑުބެރު ގްރޫޕްގެ އިސް މެމްބަރަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *