ޗައިނާގެ ޕްރިމިއަރ ލީ ކިއަންގް އިއްޔެ އިންޑޮނޭޝިއާގެ ނައިބު ރައީސް މައުރޫފް އަމީނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ދެކުނު ޗައިނާގެ ގުއަންގްސީ ޒުއަންގް އޮޓޮނޮމިކް ރީޖަންގެ ވެރިރަށް ނަންނިންގައެވެ.
މިބައްދަލުވުމުގައި ޗައިނާއާއި އިންޑޮނޭޝިއާގެ ދެގައުމުގެ ގުޅުން ތަރައްގީ ކުރުމަށް އޮތް މިސްރާބާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޕްރިމިއަރ ލީ ވިދާޅުވި ގޮތުގައި ދެގައުމުގެ ވެރިންގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެކެވެ. އަދި ސިޔާސީ އިތުބާރު ވަރުގަދަކޮށް އެބައޮތްކަމަށާއި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާ އަބަދުވެސް ތައްޔާރު ކަމަށް ޕްރިމިއަރ ލީ ވިދާޅުވިއެވެ.
ލީ ވިދާޅުވީ ޗައިނާއިން ތައްޔާރަށް އޮތީ އިންޑޮނޭޝިއާއާ އެކު ތަރައްގީގެ ސްޓްރެޓެޖިކް މަޝްރޫޢުތައް ކުރިއަށްގެންގޮސް ، ބެލްޓް އެންޑް ރޯޑް ދަށުން މަތީ ފެންވަރުގެ އެއްބާ ޤާއިމްކޮށް ރައްޔިތުންނަށް ފައިދާ ލިބޭނެ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގާ އިތުރު ކާމިޔާބީތަކެއް ހާސިލުކުރުމަށް ތައްޔާރަށެވެ.
އިންޑޮނޭޝިއާގެ ނައިބު ރައީސް މައުރޫފް އަމީން ވިދާޅުވީ އާސީންގެ ރޮޓޭޓިން ޕްރެޒިޑެންސީއަށް ޗައިނާއިން އިންޑޮނޭޝިއަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިގްތިސާދާއި ވިޔަފާރިއާއި އަދި މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޗައިނާއާ އެކު އެއްބާރުލުންދީ ދެފަރާތުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާނެކަމަށްވެސް ވިދާޅުވިއެވެ.