Ad

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,464,340 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 13.6 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,289,579 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

ރަޝިއާ:167,594
ޗައިނާ: 159,938
އިންޑިއާ: 159,386
އިނގިރޭސިވިލާތް: 117,253
ޖަރުމަނުވިލާތް: 102,213
އިޓަލީވިލާތް: 87,825

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިން ރާއްޖެ އަންނަ މާކެޓްތަކަށް ބަލާއިރު، އެންމެ ރަނގަޅު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާއެވެ. މީގެ އަހަރެއްކުރިން ޗައިނާ މާކެޓް 27 ވަނައިގަ އޮތުމަށްފަހު މިއަދު ޗައިނާ މާކެޓް ވަނީ ދެވަނައަށް ޖެހިލާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ބައެއް މަންޒިލްތަކުން ފަތުރުވެރިން އަންނަ އަދަދުވެސް މިއަހަރު ވަނީ ވަރަށްބޮޑަށް އިތުރުވާން ފަށާފައެވެ. މީގެ ތެރޭގައި ރަޝިއާ ފާހަގަކޮށްލެވެއެވެ.

ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް އިތުރުވާނޭކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *