Ad

ފަހު ދިހައެއްގައިވެސް ބީއެމްއެލް އިން ޚިދުމަތް ދޭނެ. ބަންދުވާނީ ހަމައެކަނި ހުކުރު ހޮނިހިރާއި ޢީދުދުވަސް.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް ހުޅުވާފައި ހުންނަ ވަގުތުތައް އާންމުކޮށްފިއެވެ. ބީއެމްއެލްއިން ބުނީ ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރާއި ޢީދުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށްކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ފަހު 10 ގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ޗެކް ޕްރޮސެސް ކުރުމާއި، ޕޭ ރޯލް އަދި ބަލްކް ޓްރާންސްފަރސްތަކާއި ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސްތައް ހެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރާނެކަމަށެވެ.

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި، ސަރވިސް ސެންޓަރތަކުން ޚިދުމަތް ދީފައިވަނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ފަހު 10 ގައި ޚިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައިވަނީ ފަހު 10 ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *