މިދިޔަ ފެބްރުއަރީމަހު އިމްޕޯޓް އެކްސޯޕުޓުން ދައުލަތައް 363 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ ޖަނަވަރީމަހާ އަޅާބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ޖެނުއަރީމަހު ކަސްޓަމްސްއަށް ލިބިފައިވަނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ނިމިދިޔަ ޖެނުއަރީމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސަ، އިންޑިއާ، ޗައިނާ، ސިންގަޕޫރް، އަދި ސްރީލަންކާއިންނެވެ. އެންމެ ގިނައިން ރާއްޖެ އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާޢި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލްކްޓްރިކް ސާމާނެވެ. މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރި ޔޫއޭއީއިން 1.3 ބިލިޔަންގެ މުދާ އެތެރެކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 748 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި ޗައިނާއިން 606 މިލިޔަން ރުފިޔާގެ މުދާ އެތެރެކުރިއިރު ސިންގަޕޫރުން ރާއްޖެއަށް ވަނީ 344 މިލިޔަން ރުފިޔާގެ މުދާ ގެނެސްފައެވެ. އަދި ސްރީލަންކާއިން މިދިޔަ މަހު 241 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތަފާސް ހިިސާބުތަކުން ދައްކައެވެ.
Monthly Statistics – February 2025
⛴️ Imports MVR 4.4B
⛴️ Exports MVR 223M
Revenue MVR 363MIn addition;
Major Importing categories
Exporting commodities
top 5 importing / exporting countrieshttps://t.co/pgi4WdJxT1 pic.twitter.com/P9zx3Xjunu
— Maldives Customs Service (@CustomsMv) March 12, 2025
މިދިޔަ ފެބްރުއަރީމަހު 223 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު 144 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.
ފެބްރުއަރީމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، އިންޑިޔާ، ވިއެޓްނާމް އަދި ބަގްލަދޭޝްއަށެވެ. މި ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ ފެބްރުއަރީމަހު މަސްދަޅު ބޭރުކޮށްގެން 36 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިނިކުރި މަސްބޭރުކޮށްގެން 114 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މިދިޔަ މަހު ތައިލޭންޑަށް 134 މިލިޔަން ރުފިޔާގެ މަސް ބޭރުކޮށްފައިވެއެވެ. އައީ ގަަނޑުކޮށްފައިވާ ކަނޑުމަހުގެ ބާވަތްތަކެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ އިނގިރޭސި ވިލާތަށެވެ. އެއީ 33 މިލިޔަން ރުފިޔާގެ ސާމާނެވެ. ރާއްޖެއިން އިނގިރޭސި ވިލާތަށް އެންމެ ގިނައިން ބޭރުކުރަނީ ބޮޑުކަންނެލީގެ ބާވަތްތަކާއި ދަޅުމަހެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވިއެޓްނާމަށް 8 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ވިއެޓްނާމަށް ރާއްޖެއިން އެންމެގިނައިން ބޭރުކުރަނީ ފާނައިގެ ބާވަތްތެކެވެ. މީގެއިތުރުން މިދިޔަ މަހު ރާއްޖެއިން އިންޑިއާއަށް 10 މިލިޔަން ރުފިޔާގެ މުދާ ބޭރުކުރިއިރު ބަންގްލަދޭޝްއަށް ވަނީ 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.