11 މިސްކިތާއި އިސްލާމީ މަރުކަޒެއްގެ އިތުރުން ގުރުއާނާބެހޭ 2 މަރުކަރު އެޅުމަށް ހަވާލުކޮށްފި

11 މިސްކިތާއި އިސްލާމީ މަރުކަޒެއްގެ އިތުރުން ގުރުއާނާބެހޭ 2 މަރުކަރު އެޅުމަށް ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓްތަށް ހިންގުމަށް ހަވާލުކޮސްފައިވަނީ ސަރުކާރުގެ 2 ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަން އާއި އެމްޓީސީސީ އާއިއެވެ.

އެގޮތުން މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގައި 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ވަނީ ހަވާލުކޮށްފައެވެ. އަދި ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފައިވާއިރު ގުރުއާނާބެހޭ މަރުކަޒް އެޅުމަށް ކަނޑައަޅާފައިވަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. އަދި ބާކީ 3 މަޝްރޫޢު ހަވާލުކޮސްފައިވަނީ އެމްޓީސީސީ އާއިއެވެ. އެގޮތުން ފެނަކާ ކޯޕަރޭޝަނާއި ހަވާލުކުރި ޕްރޮޖެކްޓް ތަކުގެ އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ. އެމްޓީސީއާއި ހަވާލުކުރި 3 ޕްރޮޖެކްޓްގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައުދީ އެވެ.

އެ ޕްރޮޖެކްޓް ތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށާއި ދެ ރަށުގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭނެ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިހާރު ހަވާލުކޮށްފައި ހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި އަމާޒަކީ ހުއްޓިފައި ހުރި މަޝްރޫއުތަކާ އެކު އަލަށް ފެށި މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމިގެން ދިއުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *