މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އާރްޑީސީ އަށް

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީގެ ފަރާތުން މިއަދު ބޭއްވި ރަސްމ،ިއްޔާތެއްގައި މާޅޮހުގައި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މިނިސްޓްރީން ބުނީ މާޅޮހުގައި އިމާރާތް ކުރާ އާ މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިން އަޅާނެ ކަމަށާއި އެތަނުގައި ޤުރުއާން ކިޔަވައިދޭ ކުލާހެއް ހިމެނޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވެސް ވަނީ 11 ރަށެއްގައި މިސްކިތްތަކެއް އިމާރާތް ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ފެނަކައާ 8 ރަށެއް އަދި އެމްޓީސީސީއާ 3 ރަށެއްގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *