އައްޑޫގައި "ފަލަސްތީން ފޯރަމް" ބާއްވައިފި އެވެ.
ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ތަޢާރަފް ކުރި "ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން ރޭ އައްޑޫގައި ބާއްވައިފި އެވެ.
ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ ރޭ ބޭއްވި އެ ފޯރަމްގެ 2 ވަނަ އެޑިޝަން ގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލު ތަކުގެ ދަރިވަރުންނާއި އައްޑޫގައި ހުންނަ ކޮލެޖް ޔުނިވާސިޓީގެ ދަރިވަރުންނާއި އައްޑޫގެ އާއްމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ރޭގެ ފޯރަމްގެ މައުލޫއަކީ ފަލަސްޠީނުގެ ތާރީޚާއި، އަދުގެ ޙާލަތު އަދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުން އެވެ. އެގޮތުން އެ ފޯރަމްގައި ވަނީ ފަލަސްތީނުގެ ތާރީހާއި، ހާލަތު އަދި ފަލަސްތީނަށް އިޙިވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވައި ބައިވެރިންގެ ސްވާލުތަކަށް ޖަވާބުވެސް ދެއްވާފައެވެ.
ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އައްޑޫ ސިޓީއަށް ނިސްބަތަވާ 2 ށެއިހުން ކަމުގައިވާ ޝައިޚް މުޙައްމަދު އަނީލް އާއި ޝެއިޙް އަޙުމަދު ނާޒިހެވެ.