ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް 5- ނޫ، ރަތް، ފިޔާތޮށި އަދި ކަޅުފެހިކުލަ

5- ނޫކުލަ

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ފަސްވަނަކުލައަކީ ނޫކުލައެވެ. ނޫކުލައިގެ ވާހަކަ އައިސްފައިވަނީ އެންމެ ފަހަރަކު ހަމަ އެންމެ އާޔަތެއްގައެވެ.
މިކުލައިންވެސް ދަލާލަތުކުރާ ކަންތައްތަކެއް ވެއެވެ.

މަޙްޝަރު ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން އެދުވަހުގައި ކާފިރުންގެ މޫނުގެ ކުލަ (ބިރުވެރިކަން)
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَوْمَ يُنفَخُ فِي الصُّورِ وَنَحْشُرُ الْمُجْرِمِينَ يَوْمَئِذٍ زُرْقاً – طه102 “ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ ޙާލު، މަޙްޝަރަށް ފޮނުއްވާހުށީމެވެ.”

6- ރަތްކުލަ

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ހަވަނަކުލައަކީ ރަތްކުލައެވެ. ރަތްކުލައިގެ ވާހަކަ އައިސްފައިވަނީ އެންމެ ފަހަރަކު ހަމަ އެންމެ އާޔަތެއްގައެވެ.
މިކުލައިންވެސް ދަލާލަތުކުރާ ކަންތައްތަކެއް ވެއެވެ.

ބައެއް ފަރުބަދަތަކުގެ ބައިތަކުގެ ކުލަ އަދި ބައެއް މޭވާގެ ކުލަ

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفاً أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ -فاطر27 “ހަމަކަށަވަރުން، ﷲ އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ.

7- ފިޔާތޮށިކުލަ

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ހަތްވަނަކުލައަކީ ފިޔާތޮށި ކުލައެވެ. ފިޔާތޮށިކުލައިގެ ވާހަކަ އައިސްފައިވަނީ އެންމެ ފަހަރަކު ހަމަ އެންމެ އާޔަތެއްގައެވެ.
މިކުލައިންވެސް ދަލާލަތުކުރާ ކަންތައްތަކެއް ވެއެވެ.

ޤިޔާމަތްދުވަހުގައި އުޑު ފަޅަފަޅައިގެންދާ ވަގުތުގައި އުޑުގެ ކުލަ

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِذَا انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ -الرحمن37 ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.

8- ކަޅުފެހި ކުލަ

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން އަށްވަނަކުލައަކީ ކަޅުފެހި ކުލައެވެ. ކަޅުފެހިކުލަ ވާހަކަ އައިސްފައިވަނީ އެންމެ ފަހަރަކު ހަމަ އެންމެ އާޔަތެއްގައެވެ.
މިކުލައިންވެސް ދަލާލަތުކުރާ ކަންތައްތަކެއް ވެއެވެ.

ސުވަރުގޭގެ ގަސްތަކުގެ ކުލަ، ކުލަ ގަދަވެގެން ގޮސް ކަޅުކުލައާ ކައިރިކޮށްފައިވުން.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. مُدْهَامَّتَانِ-الرحمن. 64 (އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.
(ނިމުނީ)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *