ޢީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭ: އީދު ހުތުބާ

ޢީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭ ކަމަށް އީދު ހުތުބާގައި ގޮވާލައްވައިފިއެވެ.

ޢީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެކަން ހަނދާންކޮށްދެއްވައި ޢީދުގެ އުފާފާޅުކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކުރުމަށް ވަނީ އީދު ޚުޠުބާގައި ގޮވާލަށްވާފައެވެ.

އެގޮތުން ހާލުގައި ދިރިއުޅެމުންދާ މުސްލިމް އަހުންނާއި އުހުތުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރާން ޖެހޭކަމަށާއި، ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތާލުމަށްވެސް ކުޠުބާގައި ވަނީ ވަނީ ގޮވާލަށްވާފައެވެ.

އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށްކަމަށާއި، އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެކަމަށާއި، ޙަޤީޤީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެންކަމށްވެސް ޚުޠުބާގައި ވަނީ ގޮވާލަށްވާފައެވެ.

ޢީދު ރަމްޒުކޮށްދޭ އިންސާނީ ޝިޢާރަކީ، ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުންކަމަށާއި، ޢީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބޭކަމަށާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރުމަށްވެސް ގޮވާލާފައިވެއެވެ.

އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭކަން ހަނދާންކޮށްދެއްވަމުން ޢީދު ޚުޠުބާގައިވަނީ، ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެންކަމަށެވެ. ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީކަމަށާއި، އިސްލާމީ ޢީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއްކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *