މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އެމަނިކުފާނުގެ ފޭސްބްކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެވަގުތެއްގެ ޙާލަތުގައި ކަންއޮތްގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން ކަށާއި، އެހެންކަމުން މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ.

އެގޮތުން ފިޤުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫންކަމަށާއި، އަޙްކާމްތަށް ތަޠްބީޤުކުރުމަށް ދެނެގަތުން އެކަމަށް ފުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން މިސާލުޖައްސަވައި އެ މަނިކުފާނު ވިދާޅުވީ މިސާލަކަށް 7.00 ޖަހާއިރު ޢީދު ނަމާދު ފަށާއިރު، 7.00 ތެދުވެ ވަގުތުން ހަށަން ބަނުމުގެ ބަދަލުގައި 7.00 ކުރިން ތެދުވެ 7.00 ވާއިރަށް ބޮޑުވެގެންވާ އެޖަމާާއަތުގެ ސަފުތައް ތަރުތީބުކޮށްލެވޭނެހައި ވަގުތު އޮތްވައި ތެދުވެ ސަފުތަރުތީބު ކުރުމަށް ޖާގަ ދިނުމުން އެކަން ފުރިހަމަވާނެ ކަމަށެވެ.

އަދި އިތުރަށް އެ މަނިކުފާނު ވިދާޅުވީ ހަމަ މި މަގުން ފަރުޟު ނަމާދު ކުރާ ނަމަ، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރުމާއި، މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމާއި އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީއާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށެވެ.

.އަދި އެއްބަޔަކު އަނެއްބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ މި ޙާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަ ފިއްޔަށް އަޑު ދޭން ޖެހޭނެ ކަމަށާއ، އެެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމަށް ކަމަށެވެ.

ހަމަ މިގޮތައް ދަމު ނަމާދުގައްޔާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނުމާއި ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމާއި މި ހުރިހައި ކަމަކީ ވެސް ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަން ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *