އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއްޔެ ވަނީ ދުނިޔޭގެ 60 ގައުމަކަށް ޓެރިފް ބޮޑުކުރެއްވިކަން އިއުލާނު ކުރައްވާފައެވެ.
ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ލިސްޓް އާންމު ކުރައްވައި، އާ ޓެރިފަށް މި މަހުގެ 5 އިން ފެށިގެން އަމަލު ކުރަން ފަށަން ނިންމާފައިވާތީ އެކަމާގުޅޭ އެގްޒެކްޓިވް އޯޑަރުގައި ސޮއި ކުރައްވާފަ އެވެ.
ރައީސް ޓްރަމްޕް ރޭ އިއުލާނުކުރެއްވި ޓެރިފް ބޮޑުކުރާ 60 ގައުމުގެ ލިސްޓްގައި ސައުތު އޭޝިޔާއިން 10 އިންސައްތައިން މަތިން ޓެރިފް ނަގަން ނިންމާފައިވަނީ 4 ގައުމަކުންނެވެ. ޢެގެ ތެރޭގައި ހިމެނެނީ ސްރީލަންކާ އާއި އިންޑިއާ އާއި ޕާކިސްތާން އަދި ބަނގުލަދޭޝް އެވެ.
- ސްރީ ލަންކާ: 44 ޕަސެންޓް
- ބަންގްލަދޭޝް: 37 ޕަސެންޓް
- އިންޑިއާ: 26 ޕަސެންޓް
- ޕާކިސްތާން: 25 ޕަސެންޓް
- އަފްއާނިސްތާން 10 ޕަސެންޓް
- ދިވެހިރާއްޖެ 10 ޕަސެންޓް
- ނޭޕާލް 10 ޕަސެންޓް
- ބޫޓާން 10 ޕަސެންޓް
— Rapid Response 47 (@RapidResponse47) April 2, 2025
ޓްރަމްޕް ވިދާޅުވީ ޓެރިފް ބޮޑު ކުރުމަކީ އެމެރިކާގެ ތާރީހުގައި ވެސް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ޓެރިފް ބޮޑުކުރި ގައުމުތަކުގެ ކުންފުނިތަކުން އެމެރިކާގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވެ ވަޒީފާގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.