ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަކުއާޓަރގައި (ފުރަތަމަ 3 މަސް) ސާފު ފައިދާގެ ގޮތުގައި497 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެ ބޭންކުގެ އިން މި އަހަރުގެ ފުރަތަމަކުއާޓަގެ މާލީ ހިސާބުތަށް ދައްކާގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި ފުރަތަމަ 3 މަހު ވަނީ 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި497 މިލިއަން ރުފިޔާ ލިބިފައެވެ.
މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަތަމަ 3 މަހުގެ ތެރޭގައި އަމިއްލަ ފަރުދުންނާއިވިޔަފާރިތަކަށް އެ ބޭންކުން އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެމި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގައި އެ ބޭންކުންލޯނު ދޫކޮށްފައިވާ އަދަދުވަނީ 470 މިލިއަނަށް ވުރެ އިތުރުވެފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ އެބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އަދި ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް އެބޭންކުން ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ އެބޭންކުގެ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބަރާންޗް 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 165 އޭޓީއެމް އާއި، އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޙިދުމަތާއެކު އެ ބޭންކުން ދަނީ ދިވެހިންގެ މެދުގައި އިތުބާރު ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.