ލ ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުގެ ފޭސްބުކު އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެރަށު ކުރިބޯށި އުމުރުން 20 އަހަރުގެ އަމްޖާޒު ޢަލީ ރޭ ދަންވަރު 12 އިން ފެށިގެން ހަބަރެއްނުވާތީ ގެއްލިގެން އެ ކައުންސިލަށް ރިޕޯޓުކޮފައިވާ ކަމަށެވެ.
އަދި އަމްޖާޒުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ 9502503 އަށް ގުޅައި އެމައުލޫމާތު ދެއްވުމަކީ އަމްޖާޒުގެ އާއިލާގެ ވަރަށްބޮޑު އެދުމެއްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.