އަނެކާއަކީ ތިބާއަށްވުރެ ދިރިއުޅުމުގެ ޙާލަތު ދަށް މީހެއްކަމުގައިވިޔަސް، ތިބާ އަދާކުރާ ވަޒީފާއަށް ވުރެ ދަށް ވަޒީފާއެއް އަދާކުރާ މީހެއްކަމުގައިވިޔަސް، ތިބާއަށް ލިބިފައިވާ މިންވަރަށް ތަޢުލީމު ލިބިފައިނެތް މީހެއްކަމުގައިވިޔަސް، ތިބާ އޭނާއަށްވުރެ ހެޔޮކަންބޮޑުކަމުގައި ނުދެކޭށެވެ.
ﷲ ގެ ޙަޟްރަތުގައި މިންގަނޑަކީ އެހެން މިންގަނޑެކެވެ. އަހަރެމެން މީސްތަކުން ވަޒަންކުރަން މި ގެންގުޅޭ ދުނިޔަވީ މިންގަނޑެއް ނޫނެވެ. ﷲ ގެ ޙަޟްރަތުގައި މިންގަނޑަކީ ތަޤްވާވެރިކަމުގެ މިންގަނޑެވެ. ތިބާގެ ނަފްސު އޭނާއަށްވުރެ މަތިވެރިކަމުގައި ދުށުން ތިބާއަށް ކުރެވޭ ފާފައަކަށް ފުދެއެވެ.
އިބްނު ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވިއެވެ. "އެހެންމީހުންނަށްވުރެ އޭނާ ހެޔޮކަންބޮޑުކަމުގައި ދެކެފިމީހާ، ފަހެ އޭނާ ކިބުރުވެރިވެއްޖެއެވެ." سير أعلام النبلاء (٢٧١/٧)
އައްޝައިޚް މުޙައްމަދު ޝާފިޢު