ބައެއް މީހުންނަށް ހިތާމައެއް ކުރިމަތިވާއިރަށް ކެއުމާއި ބުއިން ދޫކޮށްލައެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބި އިތުރަށް މީހާ ބަލިކަށިކޮށްލައެވެ.
ކެއުމާއި ބުއިމަކީ އޭގައި ހަމެޖެހުން އެކުލެވިފައިވާ ކަމެކެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. فَكُلِي وَاشْرَبِي وَقَرِّي عَيْنًا- مريم 26 : މާނައީ "ފަހެ ތިބާ ކައިބޮއެ ހިތްހަމަޖައްސާށެވެ."
ހިތާމައެއް ކުރިމަތިވާއިރަށް ކެއުމާއި ބުއިންދޫކޮށްލުމަކި ހިތާމަ ލުއިވާކަމެއް ނޫނެވެ. ހިތާމަ ލުއިވުމަށް އެހީތެރިވެދެނީ ކެއުމާއި ބުއިމެވެ. އެއީ ހިތްހަމަޖެހުން އޭގައި އެކުލެވިފައިވާތީއެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު