ދުވަހުގެ ނަސޭހަތް: އިންސާނާގެ ހިތެއް ނުފުރޭނެ، ހިތަށް ހަމަޖެހުން ލިބޭނީ ރުހުން ވަދެގެން!

އިންސާނާގެ ހިތެއް ނުފުރޭނެއެވެ. ހިތަށް ހަމަޖެހުން ލިބޭނީ ރުހުން ވަދެގެންނެވެ.
އިންސާނުންގެ ހިތަކީ ފުރޭ އެއްޗެއް ނޫނެވެ. އެހިތަށް ހަމަޖެހުން ލިބޭނީ ޤަދަރަށް ރުހިގެންނެވެ. ލިބޭ މިންވަރަށް ރުހިގެންނެވެ. މާތް ﷲ ގެ ލޯބި އަދި މާތް ﷲ އަށް ތަވައްކަލްކުރުން އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ އޭނާގެ ހިތުގައި ބޮޑުވެގެންނެވެ. ހިތުގައި މިކަންކަން ނެތްނަމަ ކިތަންމެ ގިނައިން ލިބުނުކަމުގައިވިޔަސް އޭނާގެ ހިތެއް ނުފުރޭނެއެވެ. ކިތަންމެ ވަރަކަށް ލިބުނުކަމުގައިވިޔަސް މެއެވެ. ބުނެއުޅެއެވެ. ލިބޭ މިންވަރަށް ނުރުހޭ މީހަކަށް ކަނޑެއް ލިބުނަސް ނުފުދެއެވެ. ޝުކުރުވެރި ހިތަކަށް ތިކިތަކެއް ލިބުނަސް ފުދެއެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *