Ad
ބިންހެލުމުގައި ތުރުކީގެ އިމާރާތެއް ވެއްޓިފައި. ފޮޓޯ: ސީ.އެން.އެން
ބިންހެލުމުގައި ތުރުކީގެ އިމާރާތެއް ވެއްޓިފައި. ފޮޓޯ: ސީ.އެން.އެން

ތުރުކީއަށް އައި ބާރުގަދަ ބިންހެލުން: ފޮރިން މިނިސްޓަރުގެ ތައުޒިޔާ

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެތަށް ބަޔަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާތީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ، ތުރުކީއަށް އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއްވެފައިވާތީ، އެޤައުމުގެ ފޮރިން މިނިސްޓަރ މެވްލިތު ސަވްސަލޫއަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ތުރުކީގެ ރައްޔިތުންނާއިއެކު ހުންނެވި ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ބިންހެލުމެއްގައި ތުރުކީގެ އިމާރާތެއް ވެއްޓިފައި

މިއަދު އޭގަން ކަނޑަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރުވަނީ، ތުރުކީވިލާތުގެ އިތުރުން ގްރީސްއަށްވެސް ކޮށްފައެވެ. 7.0 ގެ ބާރުމިނުގައި އައި މިބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިބިންހެލުމާއި ގުޅިގެން ތުރުކީގެ އިޒްމީރު ޕްރޮވިންސުން އެކަނިވެސް 20 އިމާރާތް ވަނީ ވެއްޓިފައެވެ. ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަަސއްކަތް ދަނީ ކުރަމުންނެވެ. މިކާރިސާގައި އެޤައުމުން އެކަނިވެސް 419 މީހުންވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *