ކާބޯތަކެތީގައި އަތްގިނަވި ވަރަކަށް ބަރަކާތް އިތުރުވެއެވެ.
ކާބޯތަކެތި ހިއްސާކުރުން ގިނަވި ވަރަކަށް އެތަކެތީގައި މާތް ﷲ ބަރަކާތް އިތުރުކުރައްވައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެކެއްގެ ކެއުން ދެމީހުންނަށް ފުދެއެވެ. ދެމީހުންގެ ކެއުން ހަތަރު މީހުންނަށް ފުދެއެވެ. އަދި ހަތަރު މީހުންގެ ކެއުން އަށް މީހުންނަށް ފުދެއެވެ." (ރަވާހު މުސްލިމް)
އައްޝައިޚް މުޙައްމަދު ޝާފިޢު