ދުވަހުގެ ނަސޭހަތް: ދުނިޔެވީ ކަންކަން އިތުރަށް ބޭނުންވެގެން އުޅޭއިރު އާހިރަތައްޓަކައި ކުރާކަންކަން އިތުރަށް ކުރުމަކީ ބޮޑުކަމަކަށްވުން

ވިސްނާލާކަށް ނުވޭތޯއެވެ؟
އަހަރެމެންގެ ދިރިއުޅުމަށް ބަލާލައިފިއްޔާ އަހަރެމެންނަށް ފެންނަނީ ޟަރޫރީ ބޭނުންތައް ފުދުމުން އަދި އަހަރެމެންނަށް ނުފުދިގެންއުޅޭތަނެވެ.

ދުނިޔޭގެ ފޮނި ލަގްޒަރީ ދިރިއުޅުމަށްޓަކައި ދުނިޔޭގެ ކުރު ޙަޔާތް ޤުރުބާން ކުރަމުންދާ މަންޒަރެވެ. ދިރިއުޅޭ ގެއިން ފެށިގެން، ގެންގުޅޭ ސަވާރީއާއި އަތުގައި އޮންނަ ފޯނަށް ދަންދެނެވެ. ދުނިޔަވީ ދިރިއުޅުމަށް ނަމަ އަބަދުވެސް މިބަލަނީ އެންމެ ކޮލެޓީ ރަނގަޅު އެތި ހޯދޭތޯއެވެ.

ދީނީކަމެއް ނަމަ ގިނަފަހަރަށް ބެލެނީ އެންމެ ފަސޭހަ އެންމެ މަދު އެންމެ ޚަރަދުކުޑަ ކިރިޔާ ފުދޭ މިންވަރެވެ.

އީމާންކަން ޒީނަތްތެރިކުރުމަށް ބޭނުންވާ އިތުރުކަންކަން އެއްގޮތަކަށްވެސް ނުކުރަމުއެވެ. ވިސްނާލާކަށް ނުވޭތޯއެވެ؟

އައްޝައިޚް މުޙައްމަދު ޝާފިޢު

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *