Ad
ދ.އަތޮޅު ހޮސްޕިޓަލް
ދ.އަތޮޅު ހޮސްޕިޓަލް

ކޮވިޑް-19: ރާއްޖެއިން މަރުވި މީހުންގެ އަދަދު 38 އަށް

ރޭ މަރުވި މީހާއަކީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ފަރުވާ ދިނުމަށް ރޭ ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ ޢަދަދު 38 އަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، ރޭ 7:30 އެހައިކަންހާއިރު ދ.އަތޮޅު ހޮސްޕިޓަލްގައި މަރުވި މީހާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޔަޤީންވެފައިވާ ކަމަށެވެ.

ރޭ މަރުވި މީހާއަކީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނީ، ޖަނާޒާގެ ކަންކަން ނިންމައި ވަޅުލީ ފަހުންނެވެ.

މިމީހާއިއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދުވަނީ 38 އަށް އަރާފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި 7 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *