Ad

މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފި

މާލޭގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ފަސް ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމްކުރާ ކަމަށާއި، އޭގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީގެ އެކްސް އެކައުންޓްގައި ހިއްސާކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި މާލޭގައި ފެންބޮޑުވާ ހާލަތްތަކުގައި ރައްޔިތުންގެ މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، މިފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާންޖެހޭ ފަހަރު ގިނަކަމަށް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު މިއަހަރުގެ މޭ 15 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މި ޕްރޮޖެކްޖެކްޓަކީ ކުއްލި ހާލަތްތަކުގައި ސިފައިން ނިކުމެ ފެން ހިންދަންޖެހޭ ތަންތަނުގައި ފެން ހިންދުމަށް ގާއިމްކުރެވޭ ނިޒާމެކެވެ. މި ޕްރޮޖެކްޓުގެ ދަށުން މާލޭގެ ފަސް ސަރަހައްދެއްގައި ފެން ހިންދާ ނިޒާމް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަސް ސަރަހައްދަކީ:

  • ވެސްޓްޕާކް ސަރަހައްދު
  • އައިޖީއެމްއެޗް ސަރަހައްދު
  • ދިރާގު އޮފީސް ސަރަހައްދު
  • މަޖީދީމަގުން ބޮޑުތަކުރުފާނު މަގާ ގުޅޭ ސަރަހައްދު
  • ޓީވީއެމް ސަރަހައްދު

މީގެ ތެރެއިން މިހާރު ވެސްޓްޕާކް ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދު އަދި ދިރާގު އޮފީސް ސަރަހައްދުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *