ލިވަޕޫލް ފްޓްބޯލް އެކަޑަމީ ރާއްޖޭގައި ފެށުމާގުލޭގޮތުން މަޝްވަރާ ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އަދި މަޝްހޫރު ފުޓްބޯޅަ ކުލަބް، ލިވަޕޫލް ގެ ފުޓްބޯލް އެކަޑަމީއެެއް ރާއްޖޭގައި ލޯންޗުކުރުމުމާ ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ލިވަޕޫލް ފްޓްބޯލް ކުލަބުގެ ސީނިއާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އާއި އެމްއެމްޕީއާރްސީގެ އިސްވެރިން އަދި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުސަތުތައް ހޯދުމާއި ރާއްޖެ އާއި އިނގިރޭސިވިލާތުގައި ވެސް އެތުލީޓުން ޓްރެއިން ކުރުމަށް ފުރުސަތުތައް ފަހިވެގެން ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *