ހުތުބާކިޔަން ޝައުގުވެރިވާ ޒުވާނުންނަށް އިންޓަވިއު ފަށައިފި

’ޒުވާން ޚަޠީބުން' ތަމްރީނު ކުރަން ހިންގާ ޕްރޮގްރާމުގެ 3 ވަނަ ބުރުގެ އިންޓަވިއު ކުރަން ފަށައިފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ’ޒުވާން ޚަޠީބުން' ގެ ޕްރޮގްރާމުގައި ބައިވެރިވާން އެދިފައިވާ ޒުވާނުންގެ ތެރެއިން މާލޭ ސަރަހައްދުގައި ތިބި ޒުވާނުންނަށް އިންޓަރ ވިއު ފަށާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 338 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ޝަރުތުހަމަވެފައި ވަނީ 269 ފަރާތެއް ކަމަށެވެ. މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތައް ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *