ކޮޅިގަނޑުގައި އައްޑޫސިޓީ ފޭދޫ 2 ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީ ފޭދޫ 2 ގެއަކަށް ފެންވަދެ ގެއްލުން ވެއްކެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީ ފޭދޫ 2 ގެއަކަށް ފެންވަދެ ގެއްލުން ވެފައިވާކަމަށެވެ.

އަދި ރޭގެ ވަގުތެއްގައި އައި ކޮޅިގަނޑުގައި ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލައި އެ ބަނބުކެޔޮ ގަހެއް ވެއްޓި އެހެން ގެއެއްގެ ބަދިގޭ ފުރާޅަށް ވެސް ވަގެއްލުން ލިބިފައިވާކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މީގެ އިތުރުން ގެއްލުން ލިބުނު ގޭގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެގައި ވެއެވެ.

އަދި އެ ހާދިސާތަކުގައި ހާލުގައިޖެހުނި ޢާއިލާތަކަށް ބޭނުންވާ އެހެނިހެން އެހީ ދެނެގަތުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *