ދުވަހުގެ ނަސޭހަތް: ބަރަކާތަކީ ޙަޤީޤަތެކެވެ

ބަރަކާތަކީ ޙަޤީޤަތެކެވެ.
ބަރަކާތަކީ ހަމައެކަނި މާތް ﷲ ޙަޟްރަތުން ލިބޭ އެއްޗެކެވެ. ހަމައެކަނި މުސްލިމުންނަށެވެ. ހަމައެކަނި ޙަލާތު ތަކެތީގައެވެ.

ކާބޯތަކެތީގައި، ޢިލްމުގައި، ޢަމަލުގައި، ވަގުތުގައި، ކައިވެނީގައި، ދަރިފަސްކޮޅުގައި، ގެދޮރުގައި، ޢުމުރުގައި މިހެންގޮސް އެތައްގުނަ ކަންކަމުގައްޔާއި ތަކެތީގައި މާތް ﷲ ބަރަކާތް ލައްވައެވެ.

ބަރަކާތް ލެއްވުމުން ލިބޭ ފައިދާއަކީ ހެޔޮކަން ގިނަވުމެވެ. ތަކެއްޗާއި ކަންކަމުން ގިނަގުނަ ހެޔޮކަން އުފެދިގެންދިޔުމެވެ. ބަރަކާތް ލިބޭނީ ބަރަކާތް ލެއްވުން އެދި ދުޢާކޮށްގެންނާއި ބަރަކާތް ލިބޭ ސަބަބުތަކުގައި ހިފައިގެންނެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *