މިވަގުތު ޕާޓީގެ ރިޔާސީ ޓިކެޓާއިނޫޅެ ޕާޓީ ކުރިއަރުވަން މަސައްކަތްކުރަންޖެހޭ: ރީކޯ މޫސަ

2028ގައި އޮންނަ ރިޔާސީ އިންތިހާބުގެ ޓިކެޓާ ނޫނެ ފާޓީ ކުރިއަރުވަން މަސައްކަތްކުރުމަށް އެމްޑީޕީގެ އިސްވެރިންނަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، އޭނާއަކީ މިވަގުތު އެޕާޓީގެ އެއްވެސް މަޤާމެއްގައި ހުރި މީހެއްނޫންކަަށާއި ދުވަސްތަކަށްފަހު ޕޯޑިއަމަށް މިއައީ ސަރުކާރުން ކަންކުރަމުންދާގޮތުން ކެތް ނުކުރެވިގެން ކަމަށެވެ. މިވަގުތު މުހިންމީ ޕާޓީ އެއްތަންކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރުންކަމަށާއި އެހެން ނޫންނަމަ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ރިޔާސީ އިންތިހާބަށް ގިނަ ދުވަސްތަކެއް އޮތް އިރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެޕާޓީގެ 6 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށް ކެމްޕެއިން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.، އެއީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް، ފައްޔާޒު އިސްމާއީލް، އަބްދުﷲ ޝާހިދު އަދި މާލޭސިޓީގެ މޭޔަރ އާދަމް އާޒިމާއި މެމްބަރު ޝަމްހީދެވެ.

މީގެތެރެއިން ބައެއް ބޭފުޅުން ފާޅުގައި މިހާރު ގެންދަނީ ޕާޓީ ތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *