މަލާއިކަތެއް ތިބާއަށްޓަކައި ތިބާ ބޭނުންވާ ކަމަކަށް ދުޢާކޮށްދޭން ތިބާ ބޭނުން ތޯއެވެ؟
ތިބާގެ އަޚެއް ނުވަތަ އުޚްތެއް ނެތް ތަނެއްގައި އޭނާއަށްޓަކައި ދުޢާކޮށްދޭށެވެ. މަލާއިކަތަކު ތިބާއަށްވެސް އެފަދައިން ވެއެވެ ދަންނަވާނެ ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.
އެހެން މީހުންނަށްޓަކައި ހެޔޮދުޢާ ކުރުމަކީ އެމީހުންނާމެދު ތިބާގެ ހިތްސާފުވާނޭ ކަމެކެވެ. ޙަސަދަވެރިކަން ނެތިދާކަމެކެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު