ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރު ފިރިހެނަކު މަރުވެއްޖެ

ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރު ފިރިހެނަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މަރުވެފައިވަނީ މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން ކަމަށެވެ.

ކަރެންޝަނުން ބުނީ މަސްތުވާތަކެތީ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ، މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށެވެ. މޫސާ ޙަސަން މަރުވެފައިވަނީ ބުދަ ދުވަހު މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ،

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *